Press releases
އެމް.ޑަބްލިޔު.އެސް.ސީ އިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި
03 ފެބްރުއަރީ 2026
އެމް.ޑަބްލިޔު.އެސް.ސީ އިން މޯލްޑިވްސް ބްލަޑް ސަރވިސް އާ ގުޅިގެން، މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ހިންގައިފިއެވެ.
މި ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ، މިވަގުތު ރާއްޖޭގައި ލޭ ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދުމަށް މޯލްޑިވްސް ބްލަޑް ސަރވިސްއިން މިހާރު އިޢުލާނުކޮށްފައިވާ ލޭގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ބޭނުންވާ ލޭ ލިބުމުގެ ދަތިކަމަށް އެހީތެރިކަން ފޯރުވައި، ބޭނުންވާ ލޭގެ އެހީ، އެމް.ޑަބްލިޔު.އެސ.ސީ ގެ ފަރާތުން ފޯރުކޮށްދިނުމެވެ.
ރ. ދުވާފަރުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްފި
13 ޑިސެމްބަރ 2025
ޑިޒައިން ބިލްޑް އުސޫލުން، ރ. ދުވާފަރުގެ ހިއްކި ސަރަޙައްދުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމް.ޑަބްލިޔު.އެސް.ސީ އިން މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ.
ކަރަންޓު ބިލު ކުޑަކުރަން އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ހަރުކޮށްދޭ "އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ޕްރޮގްރާމް، ރ. ދުވާފަރުގައި އެމް.ޑަބްލިޔު.އެސް.ސީ އިން އިފްތިތާޙުކޮށްފި
13 ޑިސެމްބަރ 2025
އިރުގެ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "އިރުން ހަކަތަ: ދުވާފަރު ހޯމް ސޯލާ" ނަމުގައި ޕްރޮގްރާމެއް އެމް.ޑަބްލިޔު.އެސް.ސީ އިން އެރަށުގައި އިފްތިތާހުކޮށްފި އެވެ. މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވާފައި ވަނީ ރ.ދުވާފަރުގައި އޮތް ޚާއްސަ ހަފްލާއެއްގައި، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު އެވެ.
ރ. ދުވާފަރުގައި މިއަހަރު ބާއްވާ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ޙަރަކާތްތަކުގައި އެމް.ޑަބްލިޔު.އެސް.ސީ އިން ބައިވެރިވއްޖެ
12 ޑިސެމްބަރ 2025
މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރ. ދުވާފަރުގައި ކުރިއަށް ގެންދާ ހަރަކާތުގައި، އެމް.ޑަބްލިޔު.އެސް.ސީ އިން ޓައިޓަލް ސްޕޮންސަރއެއްގެ ގޮތުގައި ބައިވެރިވެއްޖެއެވެ. " އެމް.ޑަބްލިޔު.އެސް.ސީ މަސް ރޭސް" ގެ ޓައިޓަލް ސްޕޮންސަރގެ އިތުރުން "މަސްވެރި ހަވީރު" ކުޑަކުދިންގެ ފެސްޓިވަލްގައި ވެސް އެމް.ޑަބްލިޔު.އެސް.ސީއިން ވަނީ ބައިވެރިވެ، ސްޓޯލް ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯރޑް ނައިޓް ބާއްވައިފި
08 ޑިސެމްބަރ 2025
އެމް.ޑަބްލިޔު.އެސް.ސީގެ 2025 ވަނަ އަހަރުގެ ސްޓާފް އެވޯޑް ނައިޓް ބާއްވައިފިއެވެ. މި އެވޯޑް ނައިޓްގައި ދިގު މުއްދަތެއްގައި ކުންފުންޏަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށާއި، އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ. ސިޓީ ހޯލް ގުރައުންޑްގައި ބޭއްވި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ މިހަފްލާގެ ޝަރަފުވެރި މެހުމާނު އެމްޑަބްލިޔުއެސްސީގެ ޗެއާޕަރސަން ޝަމްހޫޒާ އަޙުމަދާއި، ކުންފުނީގެ ބޯޑު ޑިރެކްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރ އަބުދުލް މަތީން މުޙައްމަދުގެ އިތުރުން، ސީނިއަރ މެނޭޖުމަންޓް ޓީމުގެ މެންބަރުންނެވެ. 2025 ވަނަ އަހަރު ތަފާތު 12 ކެޓަގަރީއަކުން 36 މުވައްޒަފުކު ވަނީ އެވޯޑް ހާސިލުކޮށްފައެވެ. އަދި ކުންފުނީގައި ދިގު މުއްދަތައް ޚިދުމަތްކޮށްފައިވާ 70 މުވައްޒަފަކަށްވަނީ ރިކޮގްނިޝަން އެވޯޑް ދެވިފައެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ށ.ގޮއިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި.
13 އޮކްޓޯބަރ 2025
އެމް.ޑަބްލިޔު.އެސް.ސީ އިން ށ.ގޮއިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ. ށ.ގއޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ހދ.ކުމުންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
27 އޯގަސްޓް 2025
އެމް.ޑަބްލިޔު.އެސް.ސީ އިން ހދ.ކުމުންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ. ހދ.ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން އއ.ފެރިދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި.
19 އޯގަސްޓް 2025
އެމް.ޑަބްލިޔު.އެސް.ސީ އިން އއ.ފެރިދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ. އއ.ފެރިދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން އއ.ހިމަންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި.
19 އޯގަސްޓް 2025
އެމް.ޑަބްލިޔު.އެސް.ސީ އިން އއ.ހިމަންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ. އއ.ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީއިން ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށުން
17 އޯގަސްޓް 2025
މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި 10,000 ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއްގެ އަމަލީ މަސައްކަތް ނިންމައި، ތާނގީ ބޭނުންކުރަން ފަށައިފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ބ.ދަރަވަންދޫގައި ޤާއިމްކުރި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި
13 އޯގަސްޓް 2025
އެމް.ޑަބްލިޔު.އެސް.ސީ އިން ބ.ދަރަވަންދޫގައި ކުރިއަށް ގެންދިޔަ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، އިފްތިތާޙްކޮށްފިއެވެ. ބ.ދަރަވަންދޫގެ ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ބ.ކެންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި.
11 އޯގަސްޓް 2025
އެމް.ޑަބްލިޔު.އެސް.ސީ އިން ބ.ކެންދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، ޚިދުމަތްދޭން ފަށައިފިއެވެ. ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން އުފައްދާ ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުން
10 އޯގަސްޓް 2025
މާލޭ ސަރަޙައްދުގެ ފެނުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި، ދުވާލަކު 10 ހާސް ޓަނުގެ ފެން އުފެއްދުމަށް ބޭނުންވާ ޢިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މިއަދު އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލޭގެ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، މި ޢިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފައުންޑޭޝަން ކޮންކްރީޓް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އެމް.ޑަބްލިޔު.އެސް.ސީ އަށް 29 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާ 10 މުވައްޒަފުންނާ، މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އާއި، ކުންފުނީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދު އަދި ބޯރޑު މެންބަރުންނެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ނ.މާފަރުގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްފި
21 ޖުލައި 2025
އެމް.ޑަބްލިޔު.އެސް.ސީ އިން ނ.މާފަރުގައި ގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި، ޚިދުމަތްދޭން ފަށައިފިއެވެ. ނ.މާފަރުގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރަސްމިއްޔާތުގައި މިކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދު އާއި ދައުލަތުގެ ވަޒީރުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.
އިތުރު ޚިދުމަތްތަކާއި ފަސޭހަތަކާއެކު އެމް.ޑަބްލިޔު.އެސް.ސީ މޯބައިލްއެޕް ޢާންމު ކުރުން
20 ޖުލައި 2025
އެމް.ޑަބްލިޔު.އެސް.ސީއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދުވަހުން ދުވަހަށް ރަގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުންފުނީގެ އެޕަށް ބޮޑެތި ބަދަލު ތަކެއް ގެނެސް މިއަދު ޢާންމު ކުރެވިއްޖެއެވެ. މިބަދަލުތައް ގެނެވިފައިވަނީ އެމް.ޑަބްލިޔު.އެސް.ސީގެ އެޕް ކުރިއަށް ވުރެ ސާދާކުރުމާއެކު، ޚިދުމަތްތައް ލިބިގަތުން ފަސޭހަ ކޮށްދިނުމާއި އަވަސް ކޮށްދިނުމަށް އަމާޒުކޮށްގެނެވެ. މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ބަދަލުތަކާއެކު މޯބައިލް އެޕްލިކޭޝަން ޢާންމު ކޮށްދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ ޗެއަރޕާރސަން އަލްފާޟިލާ ޝަމްޙޫޒާ އަޙުމަދު އާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދުއެވެ. މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެ ވަޑައިގަތެވެ.