Closing of MWSC Counters on Saturday
މިކުންފުނީން ކޮންމެ ހޮނިހިރު ދުވަހެއްގައި ކަސްޓަމަރުންނަށް ދެމުންގެންދިޔަ ޚިދުމަތް 9 ފެބްރުއަރީ 2013 ފެށިގެން މިހާރުވަނީ ބަދަލު ކުރުމަށް ހަމަޖެހިފައެވެެ. އަދި މައިއޮފީހުގެ ކޭޝް ކައުންޓަރުތަކުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 ން ހަވީރު 4:00 ށެވެ. މީގެ އިތުރުން ކުންފުނީގެ ބިލްތައެް ބަލައިގަންނަ ތަންތަންކަމަށްވާ ޕޯސްޓް އޮފީސް ، ޔޫފޯން، ޑީ.ވީ ބިލްޕޭ އަދި ވިލިގިލި 727 ޓެލެޝޮޕް މެދުވެރިކޮށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގައިވެސް ބިލްތައް ދެއްކޭނެއެވެ.
ވީމާ މިކަން ކަސްޓަމަރުންގެ މަޢުލޫމާތައްޓަަކައި ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323209 އަށް ގުޅުއްވުމަށް އެދެމެވެ.
Bill Collection in Uphone Outlet in Male'
މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުންނަށް ލުއި ފަސޭހަ ވާނެ ފަދަ ގޮތަކަށް ޚިދުމަަތް ދިނުމަށްޓަކައި، މާލޭގައި ދިރާގުގެ ޙިދުމަތްތައް ދެމުންގެންދާ ޔޫފޯން ފިހާރަ މެދުވެރިކޮށް އެމް.ޑަބްލިޔު.އެސް.ސީގެ ބިލްތަކަށް ފައިސާ ބަލައިގަތުމުގެ އިންތިޒާމް 21 ޖެނުއަރީ 2013 އިން ފެށިގެން ކުރިޔަށްދާ ގޮތަށް ވަނީ ހަމަޖެހިފަައެވެ.
މިޚިދުމަތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 9:00 އަކުން ރޭގަނޑު 11:00އަށް ފޯރުކޮށްދެމުންދާނެއެވެ. އަދި ހުކުރު ދުވަހުގެ މެންދުރު 2:00 ކުން ރޭނގަޑުގެ 11:00 އަށް ވެސް ޚިދުމަތް ކަސްޓަމަރުންނަށް ލިބެމުންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެއެވެ.
Bill Collection in DV Bill Pay Outlet in Male'
މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް އިތުރަށް ހަރުދަނާކޮށް ކަސްޓަމަރުންނަށް ލުއި ފަސޭހަ ވާނެ ފަދަ ގޮތަކަށް ޚިދުމަަތް ދިނުމަށްޓަކައި، މާލޭގައި އެމް.ޑަބްލިޔު.އެސް.ސީގެ ބިލްތައް ދެއްކުމަށް އަލަށް ހުޅުވޭ ޑީ.ވީ ބިލް ޕޭ ފިހާރަ (ގ.ހެލެގެލި އާގެ ، ރަތްދެބާމަގު) މެދުވެރިކޮށް ފައިސާ ބަލައިގަތުމުގެ އިންތިޒާމް 7 ފެބްރުއަރީ 2013 އިން ފެށިގެން ކުރިއަށްދާގޮތައްވަނީ ހަމަޖެހިފައެވެ.
މިޚިދުމަތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެދުނު 9:00 އަކުން ރޭގަނޑު 11:00އަށް ފޯރުކޮށްދެމުންދާނެއެވެ. އަދި ހުކުރު ދުވަހުގެ މެންދުރު 2:00 ކުން ރޭނގަޑުގެ 11:00 އަށް ވެސް ޚިދުމަތް ކަސްޓަމަރުންނަށް ލިބެމުންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެއެވެ.